ތިން ރައީސުން އެކުގައި ކުރެއްވުމަށް ކަނޑައެޅުއްވި މަސައްކަތް ފަނިވެއްޖެ.

މިލައުތުރު | 5 ޖުލައި 2026 | ސިޔާސީ

ނޫސްވެރިިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރީގެ ތިން ރައީސުން ވެފައިވާ އެއްބަސްވުން ފަނިވެއްޖެ ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވާހަކަފުދައްކަވައިފި އެވެ.

ތިން ރައީސުން ވެސް ކުރިން ވިދާޅުވެފައިވަނީ ގުޅިގެން މަސައްކަތް ކުރެއްވުމަށް ސްޓްރެޓެޖީތަކާއި ޓައިމްލައިނެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި މަންދޫބުންގެ ކޮމެޓީއެއް ވަނީ ކުރިން އެކުލައްވާފައެވެ.

Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް އިތުރު މަސައްކަތްތަކެއް ކުރިއަށް ނުދާކަމަށެވެ.

ތިން ރައީސުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވުން މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެހެންކަމުން ތިން ރައީސުން ގުޅިގެން މުހިއްމު ސިޔާސީ މަސައްކަތްތަކެއް ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.