މެދުއިރުމަތީގައި މުރަމުންދާ ހަނގުރާމައިގާ އީރާންގެ ޙަމަލާތަކުގައި އެމެރިކާގެ 16 ސިފައިން މަރުވެ، 430 ސިފައިން ޒަޚަމްވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
އިރާނާ ދެކޮޅަށް އެމެރިކާ އިސްވެ ކުރަމުންދާ ހަނގުރާމައިގާ މަރުވާ އެމެރިކާ ސިފައިންގެ އަދަދު ގިނަވަމުންދާތީ، އެމެރިކާގެ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑުވެފައިވާ މި ދަނޑިވަޅެއްގައި ޕެންޓަގަނުން ހާމަކުރި ރިޕޯޓުތަކާއި ގުޅިގެން ރައްޔިތުންގެ މެދުގައި އޮތް ހާސްކަން އިތުރު ވެއްޖެ ކަމަށް މީޑިޔާތަކުން ބުނެފި އެވެ.
އަދި ރޭގައި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގައި އެމެރިކާ ސިފައިންގެ އިތުރު 2 މީހުން މަރުވެ، އެކަކު ވަނީ ގެއްލިފައެވެ. އަދި އަސްކަރީ މަރުކަޒު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ޚަބަރުތައް ބުނާގޮތުގައި އެެމެރިކާގެ މުހިންމު ވަޞީލަތްތަކެއް ވަނީ މުޅިން އަނދާ އަޅިއަށް ވެފައެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިއަދުވެސް ބުނީ އީރާނުން ޑީލްއެއް ހަދަން ގުޅާފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ޓްރަމްޕް އެހެން ބުނިތާ 10 މިނެޓް ނުވަނީސް އީރާންގެ ފޮރިން މިނިސްޓަރ ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު