މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ފުޅާވެގެންދާން ފަށައިފި އެވެ. ސައުދީ އެއާފޯސްގެ ޖެޓުތަކުން ޔަމަނުގެ ސަންއާ އެއާޕޯޓުގެ ރަންވޭއަށް ބޮންއަޅައި ގޮއްވާލުމުގެ ސަބަބުން ރައްދު ހަމަލާއެއްގެ ގޮތުގައި ސައުދީގެ އެއް އެއާޕޯޓަށާއި، ތެޔޮ ރައްކާކުރާ ވަސީލަތްތައް ވަނީ އަލިފާންހުޅަށް ހަދާލާފައެވެ.
ކުރިން އިސްވެ ޖެހީ ސައުދީން ކަމުގައި ވިޔަސް ދިވެހި ސަރުކާރުން ކުއްވެރިކުރީ ޔަމަނުގެ ހޫޘީންގެ ހަމަލާއެވެ. އަދި ސައުދީން ދިން ހަމަލާތައް ވަނީ ދިފާއުކޮށްފައެވެ. އެހެން ނަމަވެސް ކުރީގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އީރާންގެ ވަށައިގެންވާ އަރަބި ޤައުމުތަކަށް ހަމަލާދިނުން އެންމެ ރަނގަޅު ކަމަށެވެ.
ސައުދީން އިތުރަށް ހަނގުރާމައިގެ ތެރެއަށް ވަންނަން ވެއްޖެނަމަ، އިތުރު ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަމީ މުޖައްރިބު ކަމެކެވެ. އެހެނީ ޔަމަނުގެ ހޫޘީންނަށް ހިތުހުރިގޮތެއް ހަދާތަން ބަލަން އީރާނުން ނޯންނާނެތީ އެވެ. އެހެން އެއްވެސް އަރަބި ޤައުމެއްގައި ނެތް ފަދަ ބާރުގަދަ ހަތިޔާރު ހުރީ އީރާންގައި ކަމަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު