އީރާންގެ ކުރީގެ ސުޕްރީމް ލީޑަރ މަރްޙޫމް ސައްޔިދު އާޔަތު ﷲ ޢަލީ ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުގެ މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިވިއިރު، ދިވެހިރާއްޖެއިން ބައިވެރިވެފައެއް ނުވެއެެވެ.
އެމެރިކާއިން ވައިގެ މަގުން ދިން ނުރައްކާތެރި އުދުވާނީ ޙަމަލާއެއްގައި ޝަހީދުވި އީރާންގެ ރޫޙާނީ ލީޑަރުގެ ޖަނާޒާވެފައިވަނީ މިހާތަނަށް ދުނިޔޭގައި ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ބައިވެރިވި ޖަނާޒާކަމުގައެވެ. މި ޖަނާޒާގައި 20 މިލިޔަން މީހުން ބައިވެރިވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެހެންކަމުން މިއީ މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވި ޖަނާޒާއެވެ.
ދިވެހިރާއްޖެއިން ސައޫދީއަށް ތާޢީދުކުރާކަން ދެއްކުމަށްޓަކައި ބައެއް ދީނީ ޢިލްމުވެރިންގެ ފަތުވާތައް ފުލުފުލުގައި ނެރެފައިވަނިކޮށް ފެނުނީ ޚުދު ސައުދީ ޚާރިޖީ ވަޒީރުގެ ނައިބު ވެސް ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވީތަނެވެ. މިކަމުން ދޭހަވަނީ ރާއްޖޭގައި މިވާހަކަދައްކާ މީހުންނަށް އަދި ވާނުވާ ރަނގަޅަށް ނޭނގޭ ކަމެވެ. ނުވަތަ ސައުދީ އަކީ މުނާފިޤު ޤައުމަކީ އެވެ.

ކިޔުންތެރިންގެ ހިޔާލު