އުރުދުން ކޯރާއި ފަލަސްޠީނުގެ ކަނޑުގެ ހިމެނޭ ސަރަހައްދުގައި “ދެ ދައުލަތް” އުފެއްދުމުގެ ވާހަކަަތަކަށް ދެން ފުރުސަތުނެތް ކަމަށާއި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފެއްދިޔަކަނުދޭނެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އޭނާގެ ހަރުކަށި އިންޒާރުތަކާއެކު ބުނެފައިވަނީ އިޒްރޭލްގެ އާއްމު އިންތިޚާބު ކާމިޔާބުކޮށް ދެން އުފައްދާ ސަރުކާރުން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމުގެ ހުވަފެން ފުނޑުފުނޑު ކޮށްލާނެ ކަމަށާއި، އުފައްދާނީ އިޒްރޭލްގެ ދައުލަތެއް އެކަނި ކަމަށެވެ. އަދި ފަލަސްޠީނުގެ ބިމެއް ނޯންނާނެ ކަމަށާއި، އެއީ ޔަހޫދީންގެ ޙައްޤެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ސަރަޙައްދުން މުސްލިމުން ޖެހޭނީ ފައިބަން ކަމަށެވެ.
އޭނާ އިތުރަށް ބުނީ ޚުދު އިޒްރޭލްގެ ރައްޔިތުންގެ ވިސްނުންވެސް މިހާރު ބަދަލުވެއްޖެ ކަމަށާއި، ދެ ދައުލަތް އުފެއްދުމާއި އެމީހުން ވެސް މިހާރު ދެކޮޅު ކަމަށެވެ. އެހެންވީމާ، މުސްލިމުން ރުހުނަސް ނުރުހުނަސް ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވާނެ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން އެހެން މުސްލިމް ޤައުމުތަކަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު