އެވިޑް ކޮލެޖުން ހޯދީ ޝަރަފުވެރި ކާމިޔާބީއެއް، ބަދަލުގައި ލިބުނީ ބޮޑު އަދަބެއް

މިލައުތުރު | 26 ޖޫން 2026 | ޚަބަރު
3

އެވިޑް ކޮލެޖުގެ އަމިއްލަ ޕްރޮގްރާމެއް ދުނިޔޭގެ އެހެން ޤައުމުތަކުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ބަލައިގަނެ، ފްރެންޗައިޒްކޮށް ހިންގުމުގެ ފުރުޞަތު ލިބުނު މަތީ ތަޢުލީމުދޭ ފުރަތަމަ މަރުކަޒަކަށް އެވިޑް ކޮލެޖު ވުމަކީ ޤައުމަށް ވެސް ލިބޭ ރީތި ނަމަކާއި ޝަރަފެކެވެ. އެހެން ނަމަވެސް ބެލެނިވެރި ފަރާތްތަކުގައިވާ އެމްކިއުއޭ އިން އެ ކޮލެޖު ބަދުނާމުކޮށް ދިނީ ބޮޑު އަދަބެކެވެ.

މި މަހުގެ 21 ވަނަ ދުވަހު އެމްކިއުއޭ އިން ނެރުނު ބޮޑު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަކަށް ސަނަދު ދޫކޮށްފައިވާ ކަމަށާއި، އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މި ޚަބަރާއެކު ގިނަ ބަޔަކަށް ހީވީ އެވިޑް ކޮލެޖުން ވަގު ސެޓުފިކެޓު ވިއްކަނީ ކަމަށެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ އަދި އެއީ ނޫންކަން މި އެނގުނީ އެވިޑް ކޮލެޖުގެ ބަހެއް ލިބުމުންތާއެވެ. ކޮންމެވެސް މީހެއްގެ ޒާތީ ހަސަދަގަނޑެއްގެ ޝިކާރައަކަށް ރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތްދޭ ކޮލެޖެއްވެ ނިމުނީ އެވެ.

Advertisement

އެވިޑް ކޮލެޖުގެ ޕްރޮގްރާމްތައް އަވައްޓެރި ސްރީލަންކާގަޔާއި، ފްރާންސްގައި ވެސް ވަނީ ކިޔަވައިދޭން ފަށާފައެވެ. އަދި އެތަން ތަނަކީ އެ ޤައުމުތަކުގެ އޮތޯރިޓީތަކުން ޤަބޫލުކުރާ ފެންވަރަށް ހިންގާ ތަންތަން ވެސް މެއެވެ. އަދި އެވިޑް ކޮލެޖުގެ ޕްރޮގްރާމްތަކުގައި އެ ޤައުމުތަކުގައި ކިޔަވައިދެނީ އެ ޤައުމުތަކުގެ ތަޢުލީމީ ޤާބިލް އެދުރުންނެވެ. އަދި މިހާތަނަށް އެއިން ޤައުމެއްގައި ހިންގާ އެ ކޮލެޖުގެ ޕްރޮގްރާމެއްގައި ދިވެއްސަކު ބައިވެރިވެ ކިޔަވާފައެއް ނުވެއެވެ. އެހެން ކަމުން ރާއްޖޭގެ އަސްދަނޑިން ބޭރަށް ބައިނަލްއަޤުވާމީ މައިދާނަށް ނިކުތް ފުރަތަމަ ކޮލެޖަކީ އެވިޑް ކޮލެޖެއެވެ. މިއީ ރާއްޖޭގައި ހިންގާ ދެ ޔުނިވަރސިޓީއަށް ވެސް ޙާޞިލް ކުރެވިފައިނެތް ކަމެކެވެ. އަބަދެއް ދެންޏާ ދޭންވީ މިސަބަބަށްޓަކައި ހެއްޔެވެ؟

އެވިޑް ކޮލެޖުން ރާއްޖެއިން ބޭރުގައި ފްރެންޗައިޒްކޮށް ޕްރޮގްރާމްތައް ހިންގަން ފެށިއިރު، އެމްކިއުއޭގައި އެކަމަށް ޚާއްސަ އުޞޫލެއް ވެސް ނެތެވެ. އަދި އެފަދަ އުޞޫލެއް އަލަށް ވެސް ވުޖޫދުވެފައިވަނީ 10 ސެޕްޓެމްބަރ 2025 ގައެވެ. އޭގެ ކުރިން އެވިޑް ކޮލެޖު އިންޓަރނޭޝަނަލް ވެއްޖެ އެވެ. އަދި ޕްރޮގްރާމްތައް ހިންގަން ވަނީ ފަށާފައެވެ. އަދި އެ ޤަވައިދުގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް އަންގާފައި ވެއެވެ. އެހެން ނަމަވެސް 3 އަހަރުގެ ޑިގްރީ ޕްރޮގްރާމެއް ފަށާފައި މެދުތެރެއިން ހުއްޓައިލުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެތަކެއް ކިޔަވާކުދިންނަށް އޭގެ ގެއްލުން ވާނެ ކަމެކެވެ. އެހެން ކަމުން ކުރިން ފަށާފައިހުރި ކޯސްތަކަށް ފަހުން އުފަންކުރާ ޤަވައިދެއް ތަންފީޒުކުރުމަކީ ޤާނޫނީ މަބްދައު ދަންނަކަމެއް ނޫނެވެ.

އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޖޫރިމަނާކޮށް ބޮޑު ބަޔާނެއް ނެރުނުއިރުގައި އެއީ ކިހާ ވަރެއްކަން ވެސް ބުނެލާފައެއް ނުވެއެވެ. އެހެން ކަމުން ދައުލަތުގެ ޒިންމާދާރު އޮތޯރިޓީއަކުން ކަންކޮށްފައިވަނީ ހަމަ އެންމެ ރަނގަޅަށްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލިކައްޓޭ
ބަލާއެކޭ އަހަރެމެންގެ ކޮލެޖާ ނުކުޅެއްޗޭ. މުޒާހަރާއެއް ޖައްސަން ޖެހިދާނެ.
ޑ ޑރ. ނާދިޔާ
ތިޔަ ކަމުގެ އަޑީގައި ހުރީ މަންދު ކޮލެޖު އިބްރާ ކަމަށް ވަނީ.
ނ ނަޝާތު
އެމްކިއުއޭ އުވާލަންވީ. ވަރަަށް ފޮނި ބީތާއެއް އެތާ ބޮޑަކަަށް ހުންނަނީ. އެވެސް މުއިއްޒުގެ ވަތުކިބައެކޯ. މި ސަރުކާރުގައި އޭނާ ބޭރުކޮށް ނުލެވޭނެ ކަމަށް ބުނެ މީހުންނަަށް އިންޒާރު ވެސް ދޭ ކަމަށްވޭ.