ފޯކައިދޫގައި ކުނި ނައްތާލާ ތަނެއް އަޅަން 20 މީހުންނަށް 2 އަހަރުން ބިން ސާފުނުވޭ.

މިލައުތުރު | 24 ޖޫން 2026 | ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ށ. ފޯކައިދޫއަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ތަރައްޤީކުރުމުގެ މަސައްކަތަކަށް ކޮންޓެރެކްޓް އުސޫލުން ނަގާފައިވާ 20 މުވައްޒަފުން މަސައްކަތްކުރާތާ 2 އަހަރު ވެގެންދިޔަ އިރު އަދި ބިން ސާފުކޮށް ނުނިމެއެވެ.

ރައީސް ޑރ. މުޢިއްޒު ފޯކައިދޫއަށް ކުރެއްވި ދަތުރުުފުޅެއްގައި 11 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި އެވެ. އެހެން ނަމަވެސް އެއްވެސް މަޝްރޫޢެއްގެ އެއްވެސް މަސައްކަތެއް ކުރާތަނެއް އެރަށުގައި ދިރިއުޅޭ ބަޔަކަށް ނުފެނެއެވެ. މި ސަރުކާރަށް މިހާ ދުވަސް ވެގެންދާއިރު، ފޯކައިދޫގައި ހުރި އެންމެ ބޮޑު މިސްކިތް ތަޅާލުން ފިޔަވާ ހަމަ އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ.

Advertisement

ކުނި ނައްތާލާ މަރުކަޒެއް އެޅުމަށްޓަކައި ކޮންޓްރެކް އުސޫލުން 20 މުވައްޒަފުން ނަގައިގެން އުޅޭތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވާންދާއިރު، ސައިޓު ސާފުކޮށް، މަސައްކަތްކުރެވޭނެ ގޮތަށް އެތަން ވެސް ހެދިފައެއް އަދި ނެތެވެ. ކޮނުކުތަނެއް ކޮނެފައި، ކޮށާލިތަނެއް ކޮށާލާފައި ދޫކޮށްލި ގޮތަށް އޮތީ އެވެ.

ފޯކައިދޫއިން ވާހަކަދެއްކި މީހަކު ސަމާސާ ރާގަކަށް ބުނީ، ބައެއް މަޝްރޫޢުތަކަށް ނެގި މުވައްޒަފުން 2 ބުރަށް ވިހެއުމުގެ ޗުއްޓީ ނަގައިފި ކަމަށާއި، އެހެން ނަމަވެސް އެއްވެސް ތަނެއްގައި ފާރުކޮޅެއްހާ ހަމަވެސް ބިމުން މައްޗަށް އަދި ނާރާ ކަަމަށެވެ. މިހާރު އެއްވެސް ކަމަކަށް އުންމީދު ނުކުރާ ކަމަށާއި، ރިޔާސީ އިންތިޚާބުގައި ޖަވާބުދޭން ތައްޔާރަށް ތިބި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.