އެމެރިކާގެ ރައީސްގެ ހަމަބުއްދި ނެތީބާ ނޫނީ ޔަހޫދީކަން ހަމަ ބޮޑީބާ!

މިލައުތުރު | 22 ޖޫން 2026 | ޚަބަރު

އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ޤާއިމުވުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް ދެ ޤައުމުގެ މަތީ ފަންތީގެ ވަފުދުތައް ސްވިޒަލޭންޑަށް ގޮސްތިއްބާ ރައީސް ޓްރަމްޕު ބޭރުކޮށްލި ނުރައްކާތެރި އިންޒާރުގެ ވިހަ ބަސްތަކުގެ ސަބަބުން މަޝްވަރާތައް ހުއްޓިއްޖެ އެވެ.

ރައީސް ޓްރަމްޕުގެ ވިހަބަސްތަކަށް ވަގުތުން އީރާނުގެ ރައީސް ރައްދު ދެއްވައިފި އެވެ. އަދި މަޝްވަރާއަށް ގޮސްތިބި އީރާނުގެ ވަފުދު ވަގުތުން މާލަމް ދޫކޮށް ދިޔައެވެ. އެހެނީ ރައީސް ޓަރަމްޕުގެ އިންޒާރަކީ އާދައިގެ އިންޒާރެއް ނޫނެވެ. އީރާން ނައްތާލާނެ ކަމަށާއި، މަޝްވަރާއަށް ދިޔަ ވަފުދުގެ ބޭފުޅުންގެ ފުރާނަވެސް ސަލާމަތް ނުކުރެވޭނެ ކަމުގެ އިންޒާރެެވެ. މިއީ ސުލްހަ ޤާއިމުކުރަން ބޭނުންވާ ފަރާތަކުން އަމަލުކުރާނެ ގޮތެއް ނޫނެވެ.

Advertisement

އީރާނަކީ މިއަދު އަސްކަރީ ގޮތުން ވެސް ވަރުގަދަ ބާރެއްކަން އެމީހުން ވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. އަދި އެމީހުންގެ ހިތްވަރަކީ ބަލިކަށި ކޮށްލެވޭނެ އެއްޗެއް ނޫންކަން ވެސް ވަނީ ސާބިތުކޮށްދީފައެވެ. އެހެންކަމުން ރައީސް ޓަރަމްޕުގެ އިންޒާރަށް ވެސް އެމީހުން ސިއްސުވައެއް ނުލެވުނެވެ. އޭގެ ބަދަލުގައި އެމީހުން ދިން ޖަވާބުތަކުންނާއި، އަމަލުކުޅަ ގޮތުން މުޅި ދުނިޔެ ހައިރާން ކޮށްލައިފި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.