ވޯލްޑް ކަޕްގައި ކުޅޭ އިނގިރޭސި ޓީމް އެމެރިކާގައި ލޫޓުވާލައިފި.

މިލައުތުރު | 15 ޖޫން 2026 | ކުޅިވަރު
1

މިހާރު އެމެރިކާގައި ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް އެމެރިކާއަށް ދިޔަ އިނގިރޭސި ޓީމްގެ ކުޅިވަރު އާލާތްތައް ލޫޓުވާލައިފި އެވެ.

ބައިބަލްއަޤުވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ޓީމުގެ ކުޅުންތެރިންގެ ބޫޓުތަކާއި، ފަރިތަކުރުންތަކުގައި ބޭނުންކުރާ ކިޓުތަކާއި، ސަޕޯޓް ސްޓާފުންގެ ޔުނީފޯމްތަކުގެ އިތުރުން އެހެނިހެން އާލާތްތައް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.

Advertisement

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމެރިކާ ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ. އަދި ގެއްލުނު ތަކެތި ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އާރިފު
އީރާނު މީހުން ވަގަށްނެގީ ކަމަށް ވާނީ