ކުޑަކުދިން ކުޅެން ބޭނުންކުރާ ކުޅޭ އެއްޗެހީގެ ބައްޓަމަށް ޔަހޫދީ އިސްރާއީލުގެ ޒަޔަނިސްޓުން ބޮން ހަދައި ބޭނުންކުރަން ފަށައިފިއެވެ.
ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީން ހަދާފައިވާ މިފަދަ ބޮންތަކެއް ލެބަނާނުގެ އެކި ހިސާބުތަކުން މިހާރު ވަނީ ފެނިފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިފަދަ ބޮންތައް އިސްރާއީލުން ހަދާކަން ހާމަކޮށް ސަމާލުވުމަށް ލެބަނާނުގެ ރައްޔިތުންނަށް އަންގާފައެވެ.
ފާއިތުވި އަހަރުގެ ނޮވެމްބަރުގައި ޣައްޒާއިންވެސް މިފަދަ ގޮވާތަކެތި ފެނިފައި ވެއެވެ. އެގޮތުން ޣައްޒާގެ ސިއްހީ އޮފިޝަލުންނާ ހަވާލަދީ ނިއުސް
އަރަބް އިން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ހިންގި ޣައްޒާގެ ބައެއް ސަރަހައްދުތަކުން ކުޑަކުދިން ކުޅޭ ޓެޑީބެއާ، ބޯޅަ ފަދަ ތަކެތީގެ ބައްޓަމަށް ހަދާފައިވާ ގޮވާތަކެތި ވަނީ ފެނިފައިވެ އެވެ.
އަރަބި ގައުމުތަކުގައި ޔަހޫދީ ނިރުބަވެރިން ހިންގާ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް އަނި ނުގެނެވޭއިރު އެކަން ކުރުމަށް އިސްލާމީ ބޮޑެތި ގައުމުތަކަށްވެސް ވަނީ ނުކުޅެދިފައެވެ. އެމެރިކާގެ މަދަދާއެކު އިސްރާއީލުން ދަނީ ފަލަސްތީން. ލެބަނާން، ޔެމަން، އަދި އަރަބި މުސްލިމް އެހެން ގައުމުތަކަށްވެސް ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު