
މި އަހަރުގެ ފެބުރުވަރީ/މާރިޗު މަހު އޮތް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން، މުޅި ދިވެހިރާއްޖޭގެ 5 ވަނަ ހާސިލުކޮށްފައިވާތީ، ޢާލިމާ ބިންތް މުޙައްމަދު އިކްރާމްއަށް ހިތްވަރުދީ އެކަން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވައިފި އެވެ.
ށ. ފޯކައިދޫ ކައުންސިލުން ޢާލިމާއަށް ޚާއްޞަ ހަނދާނީ ފިލާ އެރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ޢާލިމާއަށް މުސްތަޤުބަލުގައި އިތުރު ކާމިޔާބީތަކަށް ވާޞިލުވުމަށް ހިތްވަރުދީ ރައީސް އަޙްމަދު އަންވަރު ވަނީ އެ ދަރިވަރަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ.
އަދި ޢާލިމާގެ މި ކާމިޔާބީގައި ހިއްސާވި އެންމެހައި ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް ބެލެނިވެރިންނަށާއި މުދައްރިސުންނަށް ވެސް ޝުކުރު ދަންނަވާފައި ވެއެވެ. މި ބައްދަލުވުމުގައި ޢާލިމާގެ މައިންބަފައިން ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު