މިހާރަށްވުރެ ބޮޑަށް ލޯކަލް ކައުންސިލްތަކަށް ބާރުދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެމަނިކުފާނު ވަނީ އާ ދައުރަކަށް ހުވާ
ކުރެއްވި ހުރިހާ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.
ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްތައް މި ހޮވުނީ 5 ވަނަ ފަހަރަށް ކަމަށާއި ކައުންސިލްތައް މިހާރު ވަރަށް ބޮޑުތަނުން ގާބިލުކަން އި
ތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކަތީބުން ރަށު އޮފީސްތައް ހިންގި ޒަމާނުގެ ހަނދާނެއް ވެސް މިހާރު ނެތް ކަމަށާއި ކައުންސިލްތަކަށް މާބޮޑަށް އަދިވެސް ބާރު ދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބޭއްވާފައެވެ.
މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮ
މިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު