ޤައުމުގެ ޙާލަތު ގޯހުން ގޯހަށް، ކުރީގެ ތިން ރައީސުން މަޝްވަރާއަށް

މިލައުތުރު | 15 މޭ 2026 | ޚަބަރު

ޤައުމުގެ ޙާލަތު ގޯހުން ގޯހަށް ގޮސް އެތައް އަހަރެއް ފަހަތަށް ސޮއްސާލަފާނެތީ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދު އާއި، ރައީސް ޔާމީން އާއި، ރައީސް ސޯލިހާއި ތިން ބޭފުޅުން އެކުގައި އެއްތަނެއްގައި މަޝްވަރާ ކުރައްވައިފި އެވެ.

ޚަބަރުތައް ލިބޭ ގޮތުގައި ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ސަރުކާރުން ހިންގާ ކަންކަމާ ގުޅޭގޮތުން މިރޭ ތިން ރައީސުން މަޝްވަރާ ކުރައްވާނެ އެވެ. އަދި މަޝްވަރާތަކަށް ފަހު ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މަޢުލޫމާތު ދެއްވާނެ އެވެ.

ތިން ރައީސުންގެ ބައްދަލުވުން މާފަންނުކޮޅު ކުރީގެ ވެސްޓް ފާކް ކައިރީގައި ހުރި އިމާރާތެއްގައި ކުރިއަށް ދާއިރު، ތިން ރައީސުންގެ ސަޕޯޓަރުން ވަނީ އެ ސަރަޙައްދަށް ޖަމާވެފައެވެ. އެމީހުން ތިބީ މަޝްވަރާ ކުރެވުނު ކަންކަމުގެ މަޢުލޫމާތުގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.