އަދަދު ނޫހުން ނެރެފައިވާ “އައިޝާ” ޑޮކިއުމެންޓަރީ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް އަމަލުކުރުމަށް ރާއްޖޭގެ ގިނަ ބަޔަކު ދެކޮޅު ކަމަށާއި، ޚުދު އެމަނިކުފާނު ވެސް ދެކޮޅު ކަމަށް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ނަޝީދު ގޮވާލައްވާފައިވަނީ، ކޯޓުގެ އެ އަމުރަށް އަމަލު ނުކުރުމަށެވެ. އެކަމާއި ގުޅޭ ގޮތުން އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ ކޯޓު އަމުރަށް އަމަލުނުކުރުމަށް ގޮވާލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގައި ކުރެވޭ އިހުތިޖާޖެއް ކަމަށެވެ.
ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް ޑރ. މުޢިއްޒު އާއެކު ރައީސް އޮފީހުގައި ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ބުނެފައި. ރައީސް އޮފީހުގެ މުވައްޒަފު އެހެން ބުނީ އަދަދު ނޫސް މެދުވެރިކޮށް ކަމުން އެ ނޫހަށް ވަނީ ދައުވާ އުފުލާފައި. ކޯޓުން ވަނީ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކޭނެކަމަށް ބުނެ ކޯޓު އަމުރެއް ނެރެފައި. މި ކޯޓު އަމުރާއި ފާޅުގައި ގިނަ ބަޔަކު ޚިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުގައި ކުރެވޭނެ އިހުތިޖާޖެއް. އަޅުގަނޑު މިހުރީ ކޯޓު އަމުރާއި ޚިލާފުވާން ތައްޔާރަށް.
މިއީ ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތެވެ.
ކިޔުންތެރިންގެ ހިޔާލު