ޓެމިލް ނާޑޫ ސްޓޭޓަށް ތާރީޚީ ބަދަލެއް، ފިލްމީ ތަރި ވިޖޭ ޗީފް މިނިސްޓަރުކަމަށް!

މިލައުތުރު | 10 މޭ 2026 | ޚަބަރު

ތަމަޅަ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރި ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ) ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާ މިއަދު ކޮށްފިއެވެ.

ވިޖޭގެ ސިޔާސީ ޕާޓީ “ޓީވީކޭ” ރަޖިސްޓަރީ ކުރީ 2024 ވަނަ އަހަރުގައެވެ. މިއަދު އެވަނީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހާސިލް ކޮށްފައެވެ. އޭނާ ޗީފް މިނިސްޓަރުކަމަށް އައީ އިންތިހާބުގައި އޭނާގެ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބިގެން ކަމުގައި ވިޔަސް، ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް ގޮނޑި ނުލިބުމުން އެހެން ޕާޓީތަކާ އެކު ވަނީ އިއްތިހާދު ވެފައެވެ.

ޓީ.ވީ.ކޭ އަށް ލިބުނީ 108 ގޮނޑި އެވެ. އެއީ އަޣުލަބިއްޔަތަށްވުރެ މަދު އަދަދެކެވެ. އެހެންކަމުން އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނޭހެން އެހެން ޕާޓީތަކުގެ އެހީތެރިކަމާ އެކު ޖުމްލަ 120 ގޮނޑި ހަމަކޮށް، އޭނާ ވަނީ ޗީފް މިނިސްޓަރުކަމަށް އައުމަށް މަގު ފަހިކޮށް، ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ހޯދާފައެވެ.

ވިޖޭ ހުވާ ކުރުމުގެ ރަސްމިއްޔާތައް ގިނަ ބަޔަކު ގޮސްފައި ވެއެވެ. އަދި ހުވާ ކުރި ވަގުތު ހީވީ މުޅި ސަރަހައްދަށް ބާރު ރޯޅިއެއް އައި ހެނެވެ. ސަޕޯޓަރުން އުފަލުން އުތުރި އަރައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.