އަމިއްލަ ފަރާތްތަކުން އިންތިޒާމުކުރާ ފުޓްސަލް މުބާރާތްތަކުގެ ފޮނި މޭވާ ލިބިއްޖެ.

މިލައުތުރު | 24 ޖެނުއަރީ 2026 | ކުޅިވަރު

އަމިއްލަ ފަރާތްތަކުން ބާއްވަމުން ގެންދާ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތްތަކުގެ ފޮނި މޭވާ ލިބިއްޖެ ކަމަށް ބުނެ ގިނަ ބައެއްގެ ތަޢުރީފު ދިވެހި ޤައުމީ ފުޓްސަލް ޓީމަށް މިއަދު ބަންޑުން ކޮށްލައިފި އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެ އިން ކާމިޔާބު ކޮށްފި އެވެ. އެހެންކަމުން ރާއްޖެ އަކީ މިވަގުތު ފުޓްސަލްގައި މި ސަރަޙައްދުގެ އެންމެ ގަދަ ބާރަށް މި ވަނީ ވެފައެވެ. މިއީ 2007 ވަނަ އަހަރަށް ފަހު ބައިނަލްއަޤުވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

Advertisement

ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުންނާއި، ކައުންސިލްތަކުން އިންތިޒާމުކުރާ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތްތަކުން ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ވަނީ އުފެދިފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖާއި، ކްލަބު މޯލްޑިވްސް އާއި، ރިސޯޓް ލީގާއި، ޓެކާސްގެ އިތުރުން ރަށް ރަށުގެ ކައުންސިލްތަކުން ބާއްވާ ފުޓްސަލް މުބާރާތްތަކަށް އަންނަނީ ތަރުޙީބު ބޮޑު ވަމުންނެވެ.

މިހާރަކަށް އައިސް ފުޓްބޯޅައަށް ވުރެން ބޮޑު ތަރުޙީބާއި ފޯރި ނަގަނީ ފުޓްސަލްގައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ސަރަޙައްދުގެ ބޮންތީގައި ދިވެހީން އަރާ ހިފައިފިކަން ޔަޤީނެވެ.

މަރުޙަބާ، ދިވެހި ޤައުމީ ފުޓްސަލް ޓީމް!

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.