އެމެރިކާއަށް ޑްރަގް ޓްރެފިކް ކުރާ އެންމެ ބޮޑު ޤައުމުގެ ގޮތުގައި ލިސްޓް ކުރެވިފައި އޮތް ވެނެޒުއެލާގެ ނަން އެ ލިސްޓުން އުނިކޮށްފި ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވެނެޒުއެލާގެ ރައީސް މަދޫރޯ އާއި އަނބިކަނބަލުން ނިދިކުރައްވަން ތިއްބަވަނިކޮށް އެމެރިކާގެ ސްޕެޝަލް ފޯސެސް ފޮނުވައިގެން ގަދަކަމުން ހައްޔަރުކޮށްގެން ވަނީ އެމެރިކާއަށް ގެންގޮސްފައެވެ. އެ ހާދިސާއަށް ފަހު، ވެނެޒުއެލާގެ ރައީސްކަމާއި ޙަވަލުވީ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒެވެ. އަދި އެމެރިކާއިން ވަނީ އެކަމަނާ އާއި ގާތް ގުޅުމެއް އުފައްދާފައެވެ.
ވެނެޒުއެލާގެ ތެލުގެ ރިޒާވުން ތެޔޮ ނެގުމާއި، ތެޔޮ ސާފުކުރުމުގެ އެންމެ ބޮޑު ހިއްސާއެއް މިހާރު އޮތީ އެމެރިކާ އަށެވެ. އެމެރިކާއިން ޑެލްސީގެ ސަރުކާރާއެކު ވަނީ އެފަދަ ތެލުގެ އެއްބަސްވުމެއް ޤާއިމް ކޮށްފައެވެ. އެހެންކަމުން ވެނެޒުއެލާގެ ތެލުގެ ބޮޑު އިންސައްތައެއް މިހާރު ބޭރުކުރަނީ އެމެރިކާއަށެވެ.

ކިޔުންތެރިންގެ ހިޔާލު