ނަގިލި ކެނޑިގެން އޮޔާގޮސް ސިނަމާލެ ބުރިޖުގެ ތަނބަކަށް އުރުނު ތެޔޮ އުފުލާ ދެ ބޯޓު ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ހިގައްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި އެ ދެ ބޯޓުވެސް ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް އެ ދެ ބޯޓުގައި ތިބި 9 ފަޅުވެރިން ނެގި ފަހުން އަޑިއަށް ހިނގައްޖެ ކަމަށެވެ. މި ދެބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން ވެސް ބޭރަށް ކަމަށް ވެއެވެ.
މި ދެ ބޯޓުގެ ފަޅުވެރިން ހާލުގައިޖެހިފައި ތިބޭތާ ދެ މަސްދުވަސް ވެއްޖެ ކަމަށް ވެއެވެ. ކާބޯތަކެއްޗާއި، ސާފުބޯފެން ނެތި އެމީހުން ބޯޓުގައި ހާލުގައި އުޅެމުން ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެވޭތޯ ވީޑިއޯތައް ވެސް ހިއްސާކޮށްފައި ވެއެވެ. މިއީ އެމީހުން ރާއްޖެއަކީ ދިވެހި އޭޖެންޓެއްގެ ބަހަށް ކަމަށް ވެއެވެ.
އެންމެ ޙާއްސަ ކަމަކީ މިއީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެވެ. އޮޔާދިޔައީއެވެ. އަޑިއަށް ދިޔައީ އެވެ. އިތުރު މަޢުލޫމާތެއް ނެތެވެ. ޚަބަރު ކިޔާ މީހުން ގޮތެއް ނިންމާށެވެ.

ކިޔުންތެރިންގެ ހިޔާލު