ވިޔަފާރިތައް ހަނާވަނީ، ބޭންކުން ކަނޑަނީ ފޮނި.

މިލައުތުރު | 10 ސެޕްޓެމްބަރ 2026 | ވިޔަފާރި

ރާއްޖެ ދެކެމުން މިދަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ދަތި ދުވަސްތަކެއް ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަނާވަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ބޭންކުން ކަނޑަނީ ހުސް ފޮނިކަމަށް ބުނަން ފަށައިފި އެވެ.

ވިޔަފާރިވެރިޔަކު ކިޔައިދިންގޮތުގައި ޓީޓީއެއް ޕްރޮސެސްއެއް ނުވެއެވެ. އެކަމުގެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. ބޭންކުން ކަނޑަނީ ހުސް ފޮނި ކަމަށާއި، ބަހާއި އަމަލާ ދިމާނުވާކަމަށެވެ.

Advertisement

ދިވެހިރާއްޖެ އަކީ ޑޮލަރުގެ ތާށިކަން މިދަރަޖައަށް ތަހައްމަލްކުރަން ޖެހޭ ޤައުމެއްކަމަށް ޤަބޫލް ނުކުރެވޭކަމަށާއި، މިފެންނަނީ ހިންގުމުގެ ދޯދިޔާކަމުގެ ވެސް އިންތިހާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.