މަކަރުވެރި އަސްކޮއި އުމްރާ ގްރޫޕުގެ މައްޗަށް އަނެއްކާވެސް ކުށް ސާބިތުވެއްޖެ!

މިލައުތުރު | 4 ސެޕްޓެމްބަރ 2026 | ރިޕޯޓު

އަސްކޮއި އުމްރާ ގްރޫޕުން ލަނޑުދިން ބަޔަކަށް ހަފުތާއެއްގެ ތެރޭގައި 155،700ރ. ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ކޯޓުން މި ޙުކުމް ކުރީ އުމްރާއަށް ގެންދަންކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައިގެން ފިލި މައްސަލައެއްގަ އެވެ. ސިވިލް ކޯޓުގެ ހުކުމުގައި ވަނީ މައްސަލައިގައި ހިމެނޭ ހަ މީހުންގެ ފަރާތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާ ދެކޮޅަށް ދައުވާކުރީ އެ މީހުން ދެއްކި 155،700ރ. އާއި ޤާނޫނީ ވަކީލުންނަށް ހިނގި ލީގަލް ފީކަމަށްވާ 42،000ރ. ހޯދުމަށެވެ.

Advertisement

މި އަހަރު ފެބްރުއަރީމަހުގެ ތެރޭގައި ވެސް އަސްކޮއި ގްރޫޕާ ދެކޮޅަށް ދައުވާކުރި އާއިލާއަކަށް 185،000 ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެއީ އުމްރާއަށް ގެންދަން ކަމަށް ބުނެ ނެގި 155،250ރ. އާއި ލީގަލް ފީގެ  ގޮތުގައި 30،000ރ. އެވެ.

އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ. މީގެ އިތުރުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަނީ ކުންފުންޏެއް ރަޖިސްޓަރީ ކޮށްފައެވެ. ށ. އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ ބަޔަކު ހިންގާ މި ކުންފުނިން އަތޮޅުގެ ގިނަ ބަޔަކަށް ވަނީ ލަނޑުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.