މިރޭ އޮތް ޕީއެންސީ ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ޔާމީނަށް މަލާތްކުރުމަކީ މައިގަނޑު އެޖެންޑާ ކަމުގައި ވެގެން ނިމިއްޖެ އެވެ.
މަޖިލީހުގެ ރައީސް ވެސް ބާރަށު ދާއިރާގެ މެންބަރު ވެސް ހީހީފައި ކުރެއްވީ މަލާމާތެވެ. ރައީސް ޔާމީނަށް މަލާމާތް ކުރުމުގެ ގޮތުން ނުދައްކާ ހަމަ އެއްވެސް ވާހަކައެއް ނެތެވެ. ވައްކަމުގެ ހުތުރު ތުހުމަތުތަކާއި، ތެޔޮ ދަމާ ވާހަކާއި، ހުންނަނީ ފަނާކުރަނިވި ޚިޔާލު އެކަނި ކަމަށާއި އަދި މިނޫންވެސް ޒާތީ ކަންކަމާގުޅޭ ގޮތުން ކުރީ ހުސް މަލާމާތެވެ. އެ ހުރިހާ މަލާމާތަަށް އަތްޖަހަން ތިބީ ކުރިން ޚުޝާމަދުކުރި މީހުންނެވެ.
ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯރުންނާއެކު ބޭއްވި ފޯރިގަދަ ޖަލްސާގައި އޮއްޓަރެއް ހުރި ވާހަކަތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ފެނުނީ ޒާތީކަމާއި ޖަޒުބާތުގައި އާއްމު އިޖްތިމާޢީ މިންގަނޑަށް ވެސް ނުފެތޭ ވާހަކަތައް އޮއްސާލި މަންޒަރެވެ. ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމާ ގުޅޭ ގޮތުން އާރުލާ ވަހަކައެއް ދެއްކުމުގެ ޝައުޤެއް އަމުދުން ނެތެވެ.
އިތުރު ތަފްޞީލް އަންނަނީ….

ކިޔުންތެރިންގެ ހިޔާލު