ށ. ޅައިމަގު ފެނަކައިގެ ވެރިޔާ ކަރަންޓް ބިލް ނުދައްކާތާ 5 މަސް

މިލައުތުރު | 10 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. ޅައިމަގު ފެނަކަ ހިންގުމާ ޙަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރުގެ ގޭގެ ކަރަންޓް ބިލް ނުދައްކާތާ 5 މަސް ވެއްޖެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އޭނާއަކީ ޕީއެންސީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެެހެންވެގެން ފަސްދުވަހުގެ ބިލް ނުދައްކާ އޮތްއިރު ވެސް ކަރަންޓް ކަނޑާލަން އޮތީ ނުކެރިފައެވެ. އާއްްމު އެހެން ގެއަކުން އެއް މަހުގެ ބިލް ނުދައްކާ އޮތަސް ކަރަންޓު ކަނޑާލައެވެ.

Advertisement

ފެނަކަ މެނޭޖަރުގޭ ކަރަންޓު ބިލްތަކަށް މިހާތަނަށް 41،619.82 ރުފިޔާ އަރާފައި ވެއެވެ. މި ކަމާގުޅޭ އިތުުރު މަޢުލޫމާތު ހޯދާލުމަށް ށ. ޅައިމަގު ފެނަކައަށް ގުޅާލުމުން އިތުރު އެއްވެސް މަޢުލޫމާތެއް ލިބޭގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.