ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅު ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޓީފުޅެއް ފޮނުއްވިޔަސް އެކަމާ ގުޅޭގޮތުން އިނގިރޭސި ބޮޑުވަޒީރު މަޝްވަރާ ނުކުރައްވާނެ ކަމަށް މީޑިޔާތަކުގައި ރިޕޯޓް ކޮށްފިއެވެ.
ފޯޅަވަހި ހޯދުމަކީ މިސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި އެންމެ ބޮޑު އެއް ވާހަކައެވެ. އެހެން ނަމަވެސް އެވާހަކަ ފަށާނެ ގޮތެއް ވެސް މިސަރުކާރަށް އޮތީ ނޭނގިފައެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން އެކި ދުވަސްވަރު އެކި ގޮތަށް ސުރުޚީ އަޅާލައެވެ. މައްސަލައަށް އެއްވެސް ކުރިއެރުމަށް ނުލިބޭތާ، އެކަމާގުޅޭ ވާހަކަ އަޑުއަހާލާނެ ބައެއް ވެސް މަޝްވަރާ ކޮށްލާނެ ބައެއް ވެސް ނެެތެވެ.
އެންމެ ފަހުން އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީން ވެސް ރާއްޖެއަށް ލިބުނީ އިތުރު މަލާމާތާއި ފުރައްސާރައެވެ. އަދި އަމުދުން ފޯޅަވަހި ހޯދުމުގެ މަސައްކަތަކަށް ލިބުނު އެއްވެސް ކުރިއެރުމެއް ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު