ށ.ފީވަކު ސިއްޙީމަރުކަޒުގައި ޢިމާރާތްކުރަމުންދާ އެކްސްޓެންސަން ޢިމާރާތުގެ މަސައްކަތް ނުނިމި ދިގުލައިގެންދަނީ.

ށ. ފީވައް | 7 ސެޕްޓެމްބަރ 2026 | ޚަބަރު

2023 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ށ. ފީވަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އަލަށް އިމާރާތްކުރަން ފެށި އެކްސްޓެންޝަން ޢިމާރާތުގެ 80 އިންސައްތަ މަސައްކަތް އޮތީ ނިމިފައެވެ.

ނަމަވެސް، މިހާރު ހިނގަމުންދާ ވެރިކަމަށް ތިން އަހަރާ ގާތްވަމުންދާއިރު ވެސް، އެ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދާތީއާއި ސަރުކާރުގެ ސިޔާސަތުތައް ހުރިގޮތުން ފީވަކުގެ ގިނަ ރައްޔިތުން ތިބީ ނުހަނު މާޔޫސްވެފައެވެ. އަދި މި ޢިމާރާތުގެ މަސައްކަތް ނުހަނު ލަސް ދުވެއްޔެއްގައި ކުރިއަށްދާއިރު، އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ސީދާ ތާރީޚެއް އަދިވެސް ސާފުވެފައެއް ނުވެއެވެ.

Advertisement

ފާހަގަކޮށްލެވޭ ގޮތުގައި، ވޭތުވެދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޢިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވެ ވަޢުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.