މިއަދު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ހުތުރު ޕޯސްޓަކުންނެވެ.
އެއީ އާމްދަނީގެ %40 މާރުކުރަން ހަމަޖެއްސީ އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭފުޅުންނާއި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ޗީފް ގަވަރންމެންޓް ސްޕޯކްސްޕާސަން ވިދާޅުވިޔަސް އެއީ ބުހުތާނު ދޮގެއް ކަމުގައި ދައުރު ނޫހުގައި ލިޔެފައިވާ ޚަބަރަކާއި ގުޅިގެން ޖެހި ޕޯސްޓެއް ކަމަށް ބެލެވެއެވެ.
ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ “ބުހުތާނު ދޮގު” ކަމުގައި ދައުރު ނޫހުގައި ލިޔެފައިވާ ވާހަކައަކީ “ރޯބުހުތާނު ދޮގު”.
ޕޯސްޓް ޖެހިތާ ހިނދުކޮޅެއްގެ ތެރޭގައި އާންމުން ކަންބޮޑުވުންތައް އުތުރި އަރަން ފެށިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަސްމަގަށް ވުުރެ ދަށު ދަރަޖައިގެ ހުތުރު ބަސްމަގެއްކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. ބައެއް މީހުން ކޮމެންޓް ކޮށްފައި ބުނެފައިވާ ގޮތުން އެއީ ދިވެހި ތާރީޚުގައި ވެސް ރައީސް އޮފީހުގެ ރަސްމީ ޕްލެޓްފޯމަކުން ފެނިގެންދިޔަ އެންމެ ހުތުރު ޕޯސްޓް ކަމަށެވެ.
މިހާރު އެ ޕޯސްޓް ވަނީ ޑިލީޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު