މީހަކަށް ފޯނުން ގުޅާލުމުގެ ކުރީގައި އެމީހަކަށް ސިޓީއެއް ފޮނުވަންޖެހޭ ގޮތް ޤާނޫނަކުން ހެދުމަކީ ރަނގަޅު ބަދަލެއްތޯ ނޫންތޯ ބައެއް މީހުން ސުވާލުކުރުމުން ސޯޝަލް މީޑިޔާގައި ބަހުސެއް ފެށިއްޖެ އެވެ.
ބެލެވޭގޮތުގައި މި ބަހުސް ފެށިފައި މިވަނީ ރާއްޖެޓީވީން ސްޓެލްކޯގެ އެޗްއާރަށް ގުޅުމުން ސިއްރުކޮށްފައިއޮތް ކަމެއް ފަޅާއެެރުމާއެކު ކުރިމަތިވި ފާޑުކިއުންތައް އިތުރުވުމުންނެވެ. އެންމެ ފަހުން ބްރޯޑްކޮމުން ވެސް ބޮޑު ބަޔާނެއް ނެރުއްވައިފި އެވެ.
ބްރޯޑްކޮމްގެ ބަޔާނުގައިވާ ގޮތުން އެއްވެސް މީޑިއާއަކުން ފޯނު ކޯލެއް ވަގުތުން ގެނެސްދޭނަމަ އެކަން ގުޅާ ފަރާތަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށެވެ. ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، އަމަލުކުރަންޖެހޭ ބްރޯޑްކާސްޓިން މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމާއި، އިންޓަވިއުތަކާއި ރެކޯޑިންތައް އަދި މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
ބައެއް މީހުން ދެކޭގޮތުގައި މިއީ އެހާ ދޮކޮޅުޖެހޭ ކަމެއް ނޫނެވެ. އަނެއް ބަޔަކު ބުނާގޮތުގައި މިއީ އެންމެންގެ މައްޗަށް ވެސް ތަމްފީޒުކުރަން ރަނގަޅު ކަމެކެވެ. ބައެއް މީހުންނަށް އުނދަގޫވާ ވަރަށް މީހުން ގުޅާކަމަށާއި، އެކަންކަން ހުއްޓުވޭނެ ގޮތެއް ވެސް ނެތްކަމަށެވެ. އަދި ވަކި ޚާއްސަކޮށް ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ވެރިންނަށް ގުޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު