ށ. ފޯކައިދޫން ވަކިކުރި މީހުންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ވެސް ހިމެނޭ.

މިލައުތުރު | 4 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. ފޯކައިދޫ އިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ގެންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ހިމެނޭކަން ހާމަވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ރިޑަންޑަންސީ ޕޮލިސީގެ ދަށުން 30 އޮގަސްޓް 2026 ގައި ވަޒީފާއިން ވަކިކުރި 13 މުވައްޒަފުންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ހިމެނޭކަން އެރަށުން ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފައެވެ. މި ސަރުކާރު އައިތަނާހެން ފޯކައިދޫ ފެނަކައިން މުވައްޒަފުންތަކެއް ވަކިކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެފަހަރު ވެސް އެމީހާ ވަޒީފާއިން ވަކިކުރަން ބަޔަކު މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވާތީ، ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތްކުރާތަން ބަދަލުކުރިކަމަށް އިތުބާރުހުރި މަސްދަރުތަކުން ވަނީ ޔަޤީން ކުރެވިފައެވެ. އެހެން ނަމަވެސް މިފަހަރު އޭނާގެ ޙާލަތަށް ވެސް ބެލުމެއްނެތި ވަނީ ވަޒީފާއިން ވަކިކޮށްލާފައެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ވަޒީފާ ދެއްވާފައިވާ ފަރާތެކެވެ.

Advertisement

ފޯކައިދޫ އިން ވަނީ ޖުމްލަ 14 މުވައްޒަފުން ވަކިކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެރަށުގެ ރައްޔިތުން އިންސާފު ހޯދުމަށް ގޮވާލާ މުޒާހަރާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.