އިޤްތިޞާދީ ޞިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ފެއްްދެވި ސަރުކާރުގެ ދަނޑުވެރިކަމާބެހޭ ކުންފުންޏެއް ކަމަށްވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަނެއްކާވެސް އެހެން ހާއްޔަކަށް ލައިފި އެވެ.
މި ސަރުކާރު ހުވާކުރުމާއެކު ނިންމެވނީ އެގްރޯނެޓް އުވާލުމަށެވެ. ކުންފުނި އުވާލުމުގެ މަސައްކަތް ފެށުމާއެކު، ކުއްލިއަކަށް އެކަން ބަދަލުކޮށް އަނެއްކާ އަލުން ކުރިއަށް ގެންދިއުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެއްވި އެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން އެސްޓީއޯގެ ދަަށަަށް ބަދަލުކުމުގެ ވާހަކަތަކެއް ވެސް ދެކެވުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާ މުޅިން އައު ކުންފުންޏެއް އުފައްދަވައި އެ ކުންފުނީގެ ދަށަށް އެގްރޯނެޓް ބަދަލުކުރެއްވި އެވެ. މިއަދު އަނެއްކާ އެކަން ބަދަލުކުރައްވައި، މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރައްވައި ހަތް ހާއްޔަށް ލައްވައިފި އެވެ.
އެގްރޯނެޓްގައި އިސްކޮށް މަސައްކަތް ކުރައްވަނީ އުމުރުން ދުވަސްވީ ބޭފުޅުންނެވެ. ޒަމާނީ ޚިޔާލުތަކެއް އެބޭފުޅުންގެ ނެތެވެ. ދަނޑުވެރިކަމުގައި ޒަމާނީ ގޮތްތައް ބޭނުންނުކޮށް ޒުވާން ދަނޑުވެރިން ޝައުޤުވެރި ކުރެވޭނެ ގޮތެއް ނެތެވެ. އެގްރޯނެޓާއެކު ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރި 2000 މީހުންގެ ތެރެއިން މިހާރު ތިބީ ތިރީހަކަށް މީހުން ކަމަށް އިވެއެވެ. ޚުދު އެގްރޯނެޓަށް ވެސް ދެން ހަދަންވީ ގޮތެއް ނޭނގޭ ފަދައެވެ.

ކިޔުންތެރިންގެ ހިޔާލު