މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ށ. ފުނަދޫގައި ކޯދުލާ އަރަނީ..

މިލައުތުރު | 10 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. ފުނަދޫގައި ޤާއިމްކުރެވެމުންދާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެންޓަރުގެ ޢަމަލީ މަސައްކަތުގެ އިތުރުން ވެސް އެތަކެއް ތަރައްޤީގެ މަޝްރޫޢެއް ބާރަށް ކުރިއަށް ދާކަމަށް ފުނަދޫ ތާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެ އެވެ.

މަންޑޭ ފޭސްބުކްގައި އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުން ފުނަދޫގެ ތާރީޚު ބަދަލުކޮށްލައްވާނެ ކަމަށެވެ. އެގޮތުން މިސަރުކާރުން ފުނަދޫގައި ޓިވެޓް ސެންޓަރުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، އައިޔޫއެމް ކެމްޕަސް ދަނާލާއިއެކު އެޅުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، އެމްއެންޔޫ ކެމްޕަސްގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ސްކޫލް އެޑްމިން ބްލޮކް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.

Advertisement

ދާއިރާގައި ހިމެނޭ އަނެއް ދެ ރަށުގެ ޝަކުވާތައް އިތުރި އަރާފައިވާ ދަނޑިވަޅެއްގައި އެމްޕީ މަންޑޭ ލިސްޓުކޮށްދެއްވީ ފުނަދޫގައި ކުރެވެމުންދާ މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.