ފޯކައިދޫ ކައުންސިލަރުންގެ ވައުދާއި އެއްގޮތަށް އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދޭންފަށައިފި.

މިލައުތުރު | 11 ސެޕްޓެމްބަރ 2026 | ޚަބަރު

ށ. ފޯކައިދޫ ކައުންސިލަށް އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓުންގެ މެނިފެސްޓޯގައިވާ ވަޢުދާއި އެއްގޮތަށް، އައު ދައުރުގެ ކައުންސިލުގެ ފަރާތުން މިހާތަނަށް އަލަށް އުފަންވި ހުރިހާކުދިންނަށް “ކައުންސިލްގެ ގިފްޓް ވައުޗަރ” އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެދުވެރިކޮށް ޙަވާލުކޮށްފި އެވެ.

މިއީ ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ އުފަލުގައި، އެކުދިން އުފަންވާ ޢާއިލާތަކަށް ކައުންސިލާއި އ.ތ.މ ކޮމެޓީގެ ފަރާތުން މަރުޙަބާ ކިއުމުގެ ގޮތުން ދެވޭ ކުޑަ ހަދިޔާއެއް ކަމަށް ފޯކައިދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އުފަންވި 10 ކުދިންނަށް ވަނީ މި ހަދިޔާ ދީފައެވެ.

Advertisement

ފޯކައިދޫގައި މިހާރު އޮތީ ސައްތައިން ސައްތަ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ކައުންސިލެކެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކައުންސިލްގެ 5 ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑިއާ އެކު 10 ގޮނޑި ވެސް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ފޯކައިދޫ ކައުންސިލުން މިއަދު ކުރި ޕޯސްޓެއްގައި ރަށުގެ މުސްތަޤްބަލު ކަމުގައިވާ ލޯބިވާ ތުއްތު ކުދިންނަށް އުފާވެރި އަދި ފާގަތި މުސްތަޤުބަލަކަށް އެދި ހެޔޮ ދުޢާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.