ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑަރ ކުރިކަމުގެ ތުހުމަތުގައެވެ.
މީގެ ތެރެއިން އާރަށުގެ މައްސަލަ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ޖިނާއީ ކޯޓުން ކުރިން އިއްވި ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން އަންގަވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ދެ ދައުވާގެ ތެރެއިން ފުއްގިރީގެ މައްސަލަ ތާވަލްކޮށްފައިވަނީ އަންނަ ހަފުތާއަށެވެ. އަދި އާރަށުގެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު