ދީނީ ޝިއާރުތަކާއި ނަޞޭޙަތުގެ ބޯޑުތައް ފޯކައިދޫގައި ވަނީ ހަރުކޮށް ނިންމާފައި.

މިލައުތުރު | 14 ސެޕްޓެމްބަރ 2026 | ޚަބަރު

މި ސަރުކާރުން އުވާލި އަތޮޅު ކައުންސިލުން ކްލަބް ޖަމިއްޔާތަކަށް ދޫކުރި މާލީ އެހީގައި، ކުޅިވަރު ކްލަބެއް ކަމަށްވާ ބްލަޑް ބްރަދާސްގެ ފަރާތުން، ދީނީ ޝިއާރުތަކާއި ނަޞޭޙަތުގެ ބޯޑުތައް ށ. ފޯކައިދޫގައި ވަނީ މިދިޔަ އަހަރު ހަރުކޮށް ނިންމާފައެވެ.

ށ. ފޯކައިދޫ ބްލަޑް ބްރަދާސްގެ ފަރާތުން ހަރުކޮށްފައިވަނީ ރޭގަނޑު ވުމުން ދިއްލޭ ބޯޑުތަކެކެވެ. ރަށުގެ މުހިއްމު ސަރަޙައްދުތަކުގައި މި ބޯޑުތައް ހަރުކޮށްފައިވަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ސްޓޭންޑްތަކުގައެވެ. އަދި އެ ބޯޑުތަކުގައިވަނީ އޮޓޯ ސްވިޗް ހަރުކުރެވިފައެވެ. މިކަންވެސް މިހާރު މިވަނީ ބޮޑު ޤައުމީ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައެވެ.

Advertisement

ސަރުކާރުން މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި މިކަން ފެށި އިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި މިފަދަ ބޯޑުތައް ވަނީ ހަރުކޮށް ނިންމާފައެވެ. އަދި ކައުންސިލްތަކުގެ ލެވެލްގައި ކުރަމުން އަންނަ ކަމެެއް ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.