ޓެލެގްރާމް ޗެނަލްތަކެއްގައި ދައުރުވަމުންދާ މަދަދާ ވީޑިއޯއިން ފެންނަނީ މަދަދާ ނޫންކަމަށް އޭނާ ބުނެފިއެވެ.
މަދަދާގެ ބަރަހަނާ ވީޑިއޯއެއް ލީކުވެގެން އުޅޭކަމުގެ ޚަބަރު މިހާރު ވަނީ ނޫސްތަކުގައި ވެސް ރިޕޯޓް ކޮށްފައެވެ. މިކަމާއި ގުޅިގެން މަދަދާ ނެރުނު ބަޔާނެއްގައި އޭނާވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެ ވީޑިއޯއިން އެފެންނަނީ މަދަދާ ނޫންކަމަށް ބުނެފައެވެ. އަދި އެއީ ބަޔަކު އޭނާގެ އަގުވައްޓާލައި އަބުރުކަތިލުމަށް ހިންގާފައިވާ ޙަޤީޤަތާއި ޚިލާފު ކަމެއް ކަމަށެވެ.
މި ނޫހުގެ ނޫސްވެރިންނަކީ ބަރަހަނާ ވީޑިއޯ ބަލާ ބަޔަކަށް ނުވާތީ، އެ ވީޑިއޯގައި ފެންނަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. މީހުން ދައްކާ ވާހަތަކުން އެނގެނީ އެ ވީޑިއޯގައި ބަރަހަނާ މަންޒަރުތައް ހިމެނޭކަމެވެ. ފުލުހުން ބުނަނީ އެކަމާއި ގުޅޭގޮތުން މައްސަލައެއް ހުށަހަޅާފައި ނެތްކަމަށާއި، އެއްވެސް ތަޙްޤީޤެއް ކުރިއަށް ނުދާކަމަށެވެ.
މިކަމާއި ގުޅިގެން ފާހަގަ ކޮށްލެވޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. މަދަދާގެ ޚަބަރު ކަވަރުކުރި ނޫސްވެރިޔަކަށް ކާކުކަން ނޭނގޭ މީހަކު ސޯޝަލް މީޑިއާގައި އިންޒާރު ދީފައިވެއެވެ. އެ އިންޒާރުގައި ބުނެފައިވަނީ މަދަދާއާ ބެހޭގޮތުން ޚަބަރު ލިޔަންޏާ ރަހީނުކުރަން ޖެހިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު