2028 ގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ޕީއެންސީން ރައީސަށް ވެދުންކޮށްފި.

މިލައުތުރު | 17 ސެޕްޓެމްބަރ 2026 | ސިޔާސީ

ޕީއެންސީގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވާދަކުރެވޭ ވަރުގެ އެހެން އެއްވެސް މީހަކު ނެތްކަމަށް ކަނޑައަޅައި، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ އެމަނިކުފާނަށް ވެދުންކޮށްފި އެވެ.

ޕްރައިމަރީއަކާ ނުލާ އެމަނިކުފާނަށް ރިޔާސީ ޓިކެޓް ވެދުންކުރުމަށްޓަކައި އެ ޕާޓީގެ ކޮންގްރެސްއަަށް ހުށަހެޅި ޤަރާރު 1،119 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އެހެން އެހެން އެއްވެސް މީހަކަށް ދެނެއް ފުރުސަތެއް ނުލިބޭނެއެވެ. އަދި ޕީއެންސީގެ ރިޔާސީ ޓިކެޓަކީ ރައީސް ޑރ. މުޢިއްޒަށް އޮތް އެއްޗެއްކަން ކަށަވަރުވީ އެވެ.

Advertisement

ޑިމޮކްރެޓިކް ނިޒާމު ވަރުގަދަ ޕާޓީއެއް ކަމަށް ވަކާލާތު ކުރަމުން ގެންދާ ޕީއެންސީން މިފަދަ ގޮތަކަށް ނިންމުމަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާނެ ކަމެއް ކަމަށް ބެލެވެއެވެ. އެެހެން ނަމަވެސް މިއީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ލިބޭނެ އުފަލެއް ކަމުގައި ނޫނީ ނުވާނެއެވެ. އެހެނީ ރައްޔިތުން ތިބީ މިހާރުގެ ސަރުކާރާއި މެދު އިންތިހާއަށް ފޫހިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.