ޕީއެންސީއަށް ކޮންގްރެސް ހިންގާލެވުނު ވަރަށް ވެސް ސަރުކާރު ހިންގާކަށް ނޭނގޭ.

މިލައުތުރު | 17 ސެޕްޓެމްބަރ 2026 | ސިޔާސީ

ފޯރީގައި ޕީއެންސީ ކޮންގްރެސް ހިންގާލި ވަރަށް ވެސް ސަރުކާރު ހިންގާލަން ނޭނގުނު ކަމަށް ބުނެ ބައެއް އިދިކޮޅު ފަރަތްތަކުގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މި ނޫހާ ވާހަދަދެއްކި ބައެއް ފަރާތްތަކުން ބުނީ، ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއެއްގެ ސިފަނުޖަހާ ކަމަށާއި، ފެނުނީ އިންތިހާ ބޮޑު ޚަރަދުކޮށްގެން ބޭއްވި މަހާސިންތާއެއް ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ޝާމިލުކޮށް ހަރަކާތްތަކެއް ހިންގުނުކަން ރަނގަޅު ކަމަށާއި، ޕީއެންސީގެ ފެންވަރަކީ މަހާސިންތާއެއް ހިންގާލުން ކަމަށާއި، ސަރުކާރު ހިންގާކަށް ނޭނގޭ ކަމަށެވެ.

Advertisement

ކުރީ ފަހަރުތަކާއި ޚިލާފަށް މިފަހަރު ބައިވެރިންގެ ޝަކުވާތައް މަދުކަން ފާހަގަކުރެވެއެވެ. އެއްވެސް މީހަކަށް ވަންނާނެ ތަނެއް، ކާނެ އެއްޗެއް ނުލިބި ހާލުގައި ޖެހިގެން އުޅެން ޖެހުނުކަމުގެ ޝަކުވާއެއް ލިބިފައެއް ނުވެއެވެ. އެއީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ޖަލްސާތަކަށް އަންނަ މީހުންނަށް ދިމާވެފައިވާ ކަންކަމެވެ. މިފަހަރު އެފަދަ އިންތިޒާމްތައް ވަރަށް ރަނގަޅު ކަމުގައި ބައިވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.