ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ސަކަރާތްޖެހި ދެމީހުން ހައްޔަރު ކޮށްފި.

މިލައުތުރު | 19 ސެޕްޓެމްބަރ 2026 | ޚަބަރު

މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ ދެމީހުން ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިއޯ އިން ފެންނަނީ އެ ދެމީހުން ބަދުއަޚުލާގީ ސަކަރާތެއް ޖަހަން އުޅޭ މަންޒަރެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހު އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

Advertisement

މި މައްސަލަ ދިވެހި ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.