ޑރ. މުޢިއްޒު ނޫން ފަރާތަކަށް ތާއީދު ނުކުރުމަށް ޕީއެންސީން އިޤުރާރުކޮށްފި.

މިލައުތުރު | 18 ސެޕްޓެމްބަރ 2026 | ސިޔާސީ

ޕީއެންސީގެ އިންތިޚާބީ މަޤާމުތަކުގައި ތިބި އެންމެން 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒު ނޫން ފަރާތަކަށް ތާއީދު ނުކުރުމަށް މިއަދު އިޤްރާރު ކޮށްފި އެވެ.

Advertisement

ޕީއެންސީ ކޮންގްރެސްގައި މިއަދު މެންދުރު ފަހު އެންމެ މުހިއްމު ކަމަކަށް އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކުރިފުޅުމަތީ އިޤްރާރު ކުރުމެވެ. ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ އެ އިޤްރާރުގެ އެންމެ ފަހުބައިގައި އޮތީ ރައީސް ޑރ. މުޢިއްޒު ނޫން އެހެން އެއްވެސް ފަރާތަކަށް ތާއީދު ނުކުރުމަށް އޮތް ބައެވެ.

އިޤްރާރު ކިޔަމުންދިޔަ ވަގުތު ބައެއް މީހުންގެ މޫނުމަތިން ހިތްހަަމަނުޖެހުމުގެ އަސަރުތައް ފެންނަމުންދިޔަތަން ފެނިފައި ވެއެވެ. އެއީ ފަހަރެއްގައި އިޤްރާރުގެ ސީރިއަސް ކަމުން ވީގޮތެއް ކަމަށް ވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.