ރައީސް ކުރައްވާ ކޮންމެ ކަމަކީ ޤައުމީ ކަމަކަށް ހަދާ ބަޔަކު ވޯޓުނުލާ ތިބޭނެތޯ!

މިލައުތުރު | 19 ސެޕްޓެމްބަރ 2026 | ސިޔާސީ

އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި ރައީސް ޑރ. މުޢިއްޒަކަށް ތާއީދެއް ނެތެވެ. އެހެން ނަމަވެސް ރައީސް ކުރެއްވި ކަމަކަށް ވާތީ ދިދައާއި ވާހަކަދައްކާފައި، މޭމަތީ އަތްއަޅާ ބަޔަކު ވޯޓުނުލާ ވަކިން ތިބޭނެ ކަމަށް ޤަބޫލުކުރުމަކީ މޮޔަކަމެކެވެ.

ތިން އަހަރު ވެެގެންދިޔަ އިރު އެކަށީގެންވާ ގޮތެއްގައި ސަރުކާރެއް ހިންގޭތަނެއް ނުފެނެއެވެ. އަދި އިދިކޮޅު ސިޔާސީ ހަރަކާތެއް ވެސް ހިންގޭތަނެއް ނުފެނެއެވެ. އެހެން ނަމަވެސް ވެރިކަންކުރާ ޕާޓީގެ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެޕާޓީގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާތަން އެބަ ފެނެއެވެ. މިއީ އިދިކޮޅު ފަރާތްތަކުން ހިސާބު ޖަހާއިރު ބަލަންޖެހޭނެ ކަމެއްކަން ޔަޤީނެވެ. ކުލަގަދަ ކޮންގްރެސް ނިންމާލީ، ރައީސް ބޭނުންފުޅުވާ އެންމެން އިންތިޚާބުކޮށް އަދި 2028 އަހަރުގެ ރިޔާސީ ޓިކެޓް ވެސް ހޯދުމަށް ފަހުގައެވެ. މިއީ ޙަޤީޤަތުގައި ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަސްކުރަން ޖެހޭ އުކުޅެކެވެ.

Advertisement

ބައެއް މީހުން ދެކޭގޮތުގައި 2028 ކާމިޔާބުކުރުމާއި އެންމެ ގާތުގައި މިވަގުތު ހުރީ ރައީސް ޑރ. މުޢިއްޒު އެވެ. ސަބަބަކީ އަމިއްލަފުޅު ޕާޓީތެރެ ހަލަބޮލި ނުކޮށް ރިޔާސީ ރޭހަށް ޕާޓީގެ މެންބަރުންގެ ވިސްނުން ފައްކާކުރުމެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަދިވެސް ހަމަޖެހިލެވޭތަނެއް ނުފެނެއެވެ. އަދި ރިޔާސީ ޕްރައިމަރީތަކަށް ފަހު ކޯޅުންގަނޑު އިތުރަށް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެން ވެއްޖެނަމަ، ފަސޭހަކަމާއެކު ޕީއެންސީން ރިޔާސީ އިންތިޚާބު ކިހިލިޖަހާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.