ށ.ފީވަކު ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތަށް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދޭ.

ށ. ފީވައް | 20 ސެޕްޓެމްބަރ 2026 | ޚަބަރު

އެ ރަށުން މައުލޫމާތު ލިބޭ ގޮތުގައި، މިފަދަ ބޮޑު މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރުމަށް ސައިޓުގައި މިވަގުތު ހަރަކާތްތެރިވަނީ އެންމެ ފަސް މުވައްޒަފުންނެވެ. އަދި މިހާތަނަށް ފެންނަން ހުރީ އިމާރާތްކުރުމަށް ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާ މަންޒަރު އެކަންޏެވެ.

މި މަސައްކަތް މިހާރު ކުރިއަށްދާ ލަސް ސްޕީޑަށް ބަލާއިރު، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައިލެވިދާނެ ކަމާމެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދަމުންނެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.