މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލް މެޗުގައި ފޯކައިދޫ އެފްސީގެ މައްޗަށް 5 – 0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަނޑިތީމު ކުރިހޯދައި އަތޮޅު ޗެމްޕިއަންކަން ޑިފެންޑް ކޮށްފިއެވެ.
މިއީ ކަނޑިތީމުން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅު ޗެމްޕިއަންކަން ވިދި ވިދިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ރޭގައި ކުޅެވުނު ފައިނަލް މެޗުގައި އެ ޓީމުގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ރައުލް ވަނީ 3 ގޯލް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އެހެންކަމުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ވެސް އޭނާއަށެވެ.

ކަނޑިތީމުން ވަނީ މިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސް ވިދި ވިދިގެން ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެހެންކަމުން ކަނޑިތީމަކީ ފުޓްސަލް އަށް ށ. އަތޮޅުގެ ސުޕަރ ޕަވަރ އޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ރޭގައި ކުޅެވުނު ށ. އަތޮޅުގެ ފައިސަލް މެޗު ކާމިޔާބުވުމުން އެއީ އަތޮޅު ފެންވަރުގައި ކުޅެވުނު މުބާރާތްތަކުގެ ޓައިޓަލް ކާމިޔާބުކުރި 6 ވަނަ ފަަހަރެވެ. އެގޮތުން 2015، 2016، 2018، 2022، 2024، 2026 ގައި ވެސް ވަނީ އަތޮޅު ޓައިޓަލް ކާމިޔާބުކޮށްފައެވެ. އެހެން ކަމުން ފުޓްސަލްގައި މިހާ ކާމިޔާބު ތާރީޚެއް އޮތް އެހެން އެއްވެސް ރަށެއް ށ. އަތޮޅުގައި ނެތެވެ.

ކިޔުންތެރިންގެ ހިޔާލު