އެގްރޯނެޓް އެމްޑީ ވަކިކުރުމުން އެހާރާ މިހާރުގެ މުވައްޒަފުން އުފާ ފާޅުކުރަނީ…

މިލައުތުރު | 7 އޭޕްރީލް 2026 | ރިޕޯޓު

ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ދީދީ ކުއްލިގޮތަކަށް ވަކިކުރުމުން އެ ކުންފުނީގެ ކުރީގެ މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުން އުފާ ފާޅުކުރަން ފަށައިފި އެވެ.

އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދީފައިވާ އެތަކެއް މުވައްޒަފުންނެއް ޒާތީ ސަބަބުތަކަށްޓަކައި ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެހެންކަމުން މިއަދު “ހުސްދީ” ވަޒީފާއިން ވަކިކުރުން ވެގެންދިޔައީ އެމީހުންނަށް ޢީދެއް އައުން ފަދަ ކަމެއް ކަމަށެވެ. އެގޮތުން ބައެއް މީހުން ސީދާ އޭނާއަށް ގުޅައިގެން ވެސް ޝުއޫރުތައް ފާޅުކޮށް އެމީހުންނަށް ދީފައިވާ އަނިޔާތައް ހަނދާންކޮށްދީފައި ވެއެވެ.

ޙުސައިން ދީދީ ފާހަގަކުރެވެނީ ވަރަށް ރުންކުރު، ގޮތްދޫނުކުރާ ނިކަން އަވަހަށް ޒާތީވާ މީހެއްގެ ގޮތުގައެވެ. އެ ކުންފުނީގައި މަސައްކަތްކުރި އެކަނިވެރި މަޔަކު ކިޔައިދިން ގޮތުގައި އޭނާ ވެސް ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރީ މަންމައަށް ކެންސަރު ޖެހިގެން ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށް ތައްޔާރުވެފައިވާ ހިތްދަތި  ދަނޑިވަޅެއްގައެވެ. ރަޙުމާއި ހަމްދަރުދީ ނެތްތާ އިންސާނިއްޔަތުކަމެއް ވެސް ނެތްކަމުގެ އިންތިހާ ނޫންތޯއެވެ. އެހެންކަމުން މި ޚަބަރު ލިބުމާއެކު އޭނާ ވެސް ބުނީ، “ވަރަށް އުފާވެއްޖެ” ކަމަށެވެ. އަދި ދެން އެންމެ އުފާވާނީ ޖެނެރަލް މެނޭޖަރު ކަނޑާލުމުން ކަމަށެވެ. އޭނާއަކީ ވެސް ޖިންސީ ފުރައްސާރަ ވެސް ކުރާ މީހެއް ކަމަށާއި، އެެފަދަ ޝަކުވާއެއް އެ ކުންފުނީގެ އަންހެން މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށެވެ.

ކުންފުނީގެ އިތުރު މުވައްޒަފަކު ކިޔައިދިން ގޮތުގައި ހުސައިން ދީދީ އަކީ މީހުންނަށް ވަރަށް ފުރައްސާރަކުރާ މީހެއް ކަމަށާއި، އެގޮތުން މުވައްޒަފުންގެ އައިބުތަކުގެ ވާހަކަ ބައްދަލުވުންތަކުގައި ދައްކާ ހަދާ ކަމަށެވެ. އެހެންކަމުން މިއަދަކީ ވަރަށް ގިނަ ބަޔެއްގެ ހިތަށް ތަސައްލީއެއް ލިބުނު ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.