އެމެރިކާ އިން އީރާނާމެދު ގެންގުޅޭ ސިޔާސަތަކީ އެބުރޭ ވަހުތާނެއްފަދަ ސިޔާސަތަކަށް ވެއްޖެއެވެ. އީރާނުގައި އޮތް ދުވަސްވީ އިންްްޤިލާބީ ރެޖީމް ބަދަލުކުމުގެ ނަމުގަޔާއި، ފަނާކުރަނިވި ހަތިޔާރު ނައްތާލުމުގެ ނަމުގަޔާއި، ދުނިޔޭގެ ވިޔަފާރިއަށް ހަރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ނަމުގައި އީރާނަށް އަރައިގަންނަށް މަސައްކަތް ކޮށްފި އެވެ.
އެތެރޭގެ ހަމަނުޖެހުންތައް އުފައްދައިގެން ސަރުކާރަށް ޕްރެޝަރުކޮށް، ވެރިކަން ވައްޓާލަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެންމެ ބާރުގަދަ ބޮންއަޅައިގެން ރޫހާނީ ލީޑަރު ވަނީ ޝަހީދުކޮށްލާފައެވެ. އެހެން ނަމަވެސް އީރާނުން އަބަދުވެސް މަސައްކަތްކުރީ މަޝްވަރާއިން ޙައްލެއް ހޯދުމަށެވެ. ނަމަވެސް އީރާންގެ ލީޑަރުންގެ ލެޔަށް ފެންބޮވައިގެންފައިވާ އެމެރިކާގެ ހައްދުފަހަނައެޅި ރައީސް ޓްރަމްޕަށް އެގޮތް ރަނގަޅެއް ނުވިއެވެ.
ކޮންމެ ފަހަރަކު ވެސް ސުލްހައިގެ މަޝްވަރާތައް ފަށަނީ ޙީލަތްތެރި ގޮތެއްގައި އީރާނަށް ބޮޑު ގެއްލުމެއް ދިނުމަށް ފަގުފަހި ކުރުމުގެ ނިޔަތުގައެވެ. އީރާނުން އަބަދުވެސް ދައްކަމުން ގެންދަނީ އެމީހުންގެ ނުގުޑާފަދަ ވަރުގަދަ އަޒުމާއި، ވަޠަނީ ލޯތްބާއި، ޖިހާދުގެ މަތިވެރި ރޫޙެެވެ.
މިހާތަނަށް އެމެރިކާ އާއި އިޒްރޭލް ގުޅިގެން ހިންގި އެއްވެސް އަސްކަރީ ހަރަކާތެއް ކާމިޔާބުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އީރާނުގެ ސިފައިން ދެއްކީ ހިތްވަރާއި، ހިކުމަތާ ސާބިތުކަމެވެ.

ކިޔުންތެރިންގެ ހިޔާލު