ބޮޑު ބަދަލު: ރައީސް ނަޝީދު އާއި ފަޔާގެ މާފަންނު މަޝްވަރާ ބައްދަލުވުން

މިލައުތުރު | 4 މޭ 2026 | ސިޔާސީ

އެމްޑީޕީގެ ޗެއާޕާރސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާރސަން ފައްޔާޒް އިސްމާޢީލް އާއި ދެ ބޭފުޅުން މާފަންނު ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ބޮޑު ބަދަލާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވައި މަޝްވަރާ ކުރައްވައިފި އެވެ.

އެމްޑީޕީ ދަނޑިކޮށި ޖަގަހައިގާ މިރޭ އޮތް މި ބައްދަލުވުމުގައި މާފަންނުގައި ދިރިއުޅޭ އެމްޑީޕީގެ ގިނަ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ޔަޤީންކަން ދެއްވީ، ޗެއާޕާރސަން އިންތިކާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް އެތެރޭގެ މަސްލަޙަތު ހިފަހައްޓަވާނެ ކަމެވެ. އަދި އެމަނިކުފާނުގެ އުންމީދުތަކެއް ޕާޓީއާ މެދު އެބަ އޮތް ކަމަށާއި، އެމްޑީޕީގެ ރޫހު އާލާކުރައްވާނެ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް އިސްމާޢީލް ވިދާޅުވި ގޮތުގައި ވެރިކަން ހިންގުމުގެ ނިޒާމްގައި މައްސަލަ އެބަ ހުރި ކަމަށާއި، ބަދަލުތަކެއް ނުގެނެވޭ ނަމަ، ޚުދު އެމްޑީޕީއަށް އަލުން ވެރިކަން ލިބުނަސް ދާނީ ގޯހުން ގޯހަށް ކަމަށެވެ. އެމްޑީޕީގެ ލީޑަރުންގެ ތެރޭގައި ރައީސް ނަޝީދު ފިޔަވައި، ދެން ބަދަލަށް ވަކާލާތުކުރާ ހަމަ އެކަނި ބޭފުޅަކީ ފަޔާއެވެ. ފަޔާ ދެކިލައްވާ ގޮތުގައި އެމްޑީޕީއަށް ކާމިޔާބު ހޯދޭނީ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ފުރިހަމަ ގޮތުގައި ބައިވެރި ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.