ކީރިތި ޤުރާން ހިތުދަސްކޮށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ސަނަދު ޙާޞިލް ކުރެއްވުމަށް ފަހު، މިއަދު ހަވީރު ށ. ފޯކައިދޫއަށް އެނބުރި އައުމުން ރައްޔިތުންގެ ފަރާތުން ލޯތްބާއެކު ޙާފިޡު ފާއިން ފަރުހާދަށް ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
މިއަދު ހަވީރު 17:00 ގައި ފާއިން ރަށަށް އައުމުން މަރުޙަބާ ކިއުމަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ. ފޯކައިދޫ ކައުންސިލުން އިންތިޒާމުކުރި މި ޙަރަކާތަށް ވަނީ ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައެވެ. ފާއިން އާއި ސަލާމް ކުރުމަށް ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ނިކުމެފައި ވެއެވެ.
ފާއިންއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މިރޭ ވެސް ޚާއްސަ ފަރިއްކޮޅެއް ވަނީ އިންތިޒާމު ކޮށްފައެވެ. ށ. ފޯކައިދޫގައި ތިބީ ފާއިން އާއި އެކު ޖުމްލަ ދެ ޙާފިޡުންނެވެ. އެހެންކަމުން ރަށުގެ ގިނަ ބައެއްގެ ލޯބި ދަނީ ލިބެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު