އެއްވެސް ކަމެއްގައި ދޮގު ނެހެދުމަށް ރައީސް ޑރ. މުޢިއްޒު އިލްތިމާސް ކުރައްވައިފި.

މިލައުތުރު | 4 މޭ 2026 | ޚަބަރު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންނަށް ރައްކާތެރި ވެށްޓެއް ބިނާކުރެެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ ފަރާތްތަކަށް ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ އަޒުމް ކަނޑައެޅުމަށާއި، އެއްވެސް ކަމެއްގައި ދޮގު ނެހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.

ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ޚިތާބުގައި ވެސް ވިދާޅުވީ މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ވެސް ބިނާވެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅިގެން ކަމަށެވެ. މިސާލަކަށް، އިންސާނީ ހައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ސުލްހަމަސަލަސްކަން ގުޅިފައި ވަނީ ވެސް ނޫސްވެރިކަމާ ކަމަށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަގީގަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.