ރޭގައި ކުޅުނު ގްރޫޕް ސްޓޭޖުގެ 9 ވަނަ މެޗުގައި ބައްދަލުކުރީ ވައިކިންގްސް އާއި ހައިޑް އެން ސީކް އެވެ. މި މެޗު ނިމުނީ 3 – 3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ވައިކިންގްސް އަަށް ގޯލް ޖަހައިދިނީ ޖޯޒީ ނަންބަރު 7 މުޙައްމަދު ކައިޝް އާއި، ޖޯޒީ ނަންބަރު 8 މުޙައްމަދު ޖައިލަމް އާއި ޖޯޒީ ނަންބަރު 11 އަޙްމަދު އަޔާން އެވެ.
ހައިޑް އެން ސީކަށް ގޯލް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 10 އަދްނާން ޝަހުދީ (2 ގޯލް) އާއި، ޖޯޒީ ނަންބަރު 9 އަލީ މައުމޫން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ވައިކިންގްސްގެ ޖޯޒީ ނަންބަރު 12 އަޙްމަދު ރިއުމާން އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރީ ކްލަބް ޖަޔަންޓާއި ޓައިޓަންސް އެވެ. މި މެޗު 7 – 4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓައިޓަންސް އެވެ.
މި މެޗުގައި ޓައިޓަންސްގެ ޖޯޒީ ނަންބަރު 10 އިބްރާހީމް ރަޝްލާން އާއި އެ ޓީމުގެ ޖޯޒީ ނަންބަރު 11 ހުސައިން ވިއާމް ވަނީ ހެޓްރިކް ހަދާފައެވެ. މޮޅު ކުޅުންތެރިޔާގެ މަޤާމަަށް ހޮވުނީ ހުސައިން ވިއާމް އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނު އިރު، 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގާ އޮތީ ޔުނައިޓެޑް ލަޔަންސް އެވެ. ދެވަނައިގާ އޮތީ ވައިިކިންގްސް އެވެ.

ކިޔުންތެރިންގެ ހިޔާލު