ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް މަޝްހޫރު ފިލްމީ ތަރި ވިޖޭ އިންތިޚާބު ވެއްޖެ.

މިލައުތުރު | 6 މޭ 2026 | ޚަބަރު

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް ތަލަޕަތީގެ ނަމުން މަޝްހޫރު ފިލްމީ ބަތަލާ ވިޖޭ އިންތިޚާބު ވެއްޖެ އެވެ.

އުމުރުން 51 އަހަރުގެ ވިޖޭ އިންތިޚާބު ކާމިޔާބުކުރީ %35 ވޯޓު ކާމިޔާބުކޮށްގެންނެވެ. ވިޖޭ އާއި އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓަށް ވެސް ލިބުނީ %24 ވޯޓެވެ. އެހެންކަމުން ވިޖޭ އިންތިޚާބު ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ތަމަޅަ ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު އަދި އެންމެ އަގު ބޮޑު ތަރިއަކީ ވިޖޭ އެވެ. އޭނާ މިފަހަކުން މުޅިންހެން ފެނިގެން ގޮސްފައި ވަނީ ސިޔާސީ މައިދާނުގައެވެ. އެހެން ނަމަވެސް އޭނާގެ ފިލްމުތަކުގެ ތެެރެއިން 69 ފިލްމެއް ހިޓްވެފައި ވެއެވެ.

އާދައިގެ ދިރިއުޅުމަކަށް ލޯބިކުރި ވިޖޭ މާދަމާއިން ފެށިގެން ފެނިގެންދާނީ ޓެމިލް ނާޑޫގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރު އަދި އެ ސްޓޭޓުގެ ޗީފް މިނިސްޓަރުގެ ގޮތުގައެވެ. ވިޖޭ އުފަންވީ 22 ޖޫން 1974 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.