ށ. ފީވަކު ނަރުދަމާ މެނޭޖުކުރާ މަރުކަޒު ވީރާނާވަނީ، ޒިންމާވާނެ ފަރާތެއް ނެތް.

މިލައުތުރު | 10 މޭ 2026 | ޚަބަރު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނިންމައި ޙަވާލުކޮށްފައި ހުރި ނަރުދަމާ މެނޭޖްމަންޓް ސެންޓަރާއި، ސައިޓު ބަލަހައްޓާނެ ފަރާތެއްނެތި ވީރާނާވާން ދޫކޮށްލާފައި ހުންނާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މާލިއްޔާއިން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ހިންގާފައިވާ އަސާސީ ޚިދުމަތަކާއި ގުޅޭ މަޝްރޫޢެއްގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބެންޖެހޭނީ މިގޮތަށް ނޫންކަމަށާއި، ދެމެހެއްޓެނި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށާއި، އިތުބާރު ލިބޭ ޚިދުމަތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ވާން ޖެހޭނެ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރަން ފަށާފައެވެ.

އެރަށުގެ އާއްމު ރައްޔިތެއްގެ ކަންބޮޑުވުންތައް ފޭސްބުކަަށް ތިލަކޮށް ސުވާލު އުފައްދާފައިވަނީ މިފަދައިންނެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަސައްކަތް ނިންމައި ހަވާލުކޮށްފައި ހުރި ފީވަކު ނަރުދަމާ ސައިޓް. ރައްޔިތުންގެ ފައިސާއިން އެތަކެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށްފަ ހުރި ތަނެއް ވީރާނަވާން ދޫކޮށްލާފަތޯ މިހުރީ؟

މި ކަމުގައި ފީވަކު ފެނަކައިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ރައްޔިތުން ދެކެއެވެ. އެހެން ނޫނީ މިފަދަ އަސާސީ ޚިދުމަތެއްގެ ޔަޤީންކަން ވެސް ރައްޔިތުންނަށް ގެއްލިދާނެ އެވެ. ޒިންމާދާރު ފަރާތްތަކުން މިކަމުގައި ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.