ށ. އަތޮޅުގެ ސޯޝަލް މީޑިއާގެ ރަސްގެފާނު “މި މީހާ” އަކީ ފަނޑުކޮށް ނުލެވުނު އަޑެއް.

މިލައުތުރު | 15 މޭ 2026 | ރިޕޯޓު

ށ. އަތޮޅުގައި ސޯޝަލް މީޑިއާގެ މަޤުބޫލް ޝަޚުސިއްޔަތެއް ކަމަށްވާ “މި މީހާ” ނުވަތަ މިލަންދޫއަށް އުފަން ށ. އަތޮޅު އެންމެންގެ “ދޮންބެ” އަކީ ފަނޑުކޮށް ނުލެވުނު އަލިގަދަ ދަންމަރެއް ފަދަ މީހެކެވެ.

ސަމާސާ އަބަދުގެ ގިނަ ޕޯސްޓްތަކެއް ފޭސްބުކްގައި ގެނެސްދޭ “މި މީހާ” އަކީ އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް މަޤްބޫލު ފަރާތެކެވެ. އަދި ސިޔާސީ ގޮތުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރާ ފަރާތެއް ވެސް މެއެވެ. އެެހެންކަމުން މިހާރު ވެރިކަންކުރާ ޕާޓީގެ އެކްޓިވިސްޓުން އޭނާއަށް ތަފާތު ފިއްތުންތައް ކުރިމަތި ކުރުވައެވެ. އެހެން ނަމަވެސް އެއްވެސް ބަދަލެއް ނައިސް ހަމަ އެގޮތުގައި ޚަބަރުތަކާއި، ހެއްވާ މަޖާ ވާހަކަތަކާއި، ޕޯސްޓައް ކުރުމުގައި އޭނާއަކީ ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މިހާރު “ދޮންބެ” އަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލު ފަދައިން ށ. އަތޮޅުގައި މަޤުބޫލު ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ. އަދި އެތައް ބައެއްގެ މުނިފޫހިފިލުވައިދޭ އެކުވެރިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.