ބަދިގެ އިސްރާފު ނައްތާލުމުގެ އެއްބަސްވުމެއްގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލުން ސޮއިކޮށްފި އެވެ. މިއީ ދިވެހިރާއްޖޭގައި ސޮއިކުރެވުނު އާދަޔާ ޚިލާފު މިފަދަ ފުރަތަމަ އެއްބަސްވުމެވެ.
ޅޮހީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވާ ގޮތުން މި އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީޚަކީ 1 ޖުލައި 2026 އެވެ. އަދި އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ އެއް އަހަރު ހަމަވާނީ 1 ޖުލައި 2027 ވަނަ އަހަރުގައެވެ. މި އެއްބަސްވުމުގައިވާ ގޮތުން ކޮންޓްރެކްޓަރަށް މަހަކު 4800 ރުފިޔާ ކައުންސިލްގެ ފަރާތުން ދޭންޖެހެއެވެ.
މި ކޮންޓްރެކްޓް ދީފައިވަނީ ރ. މަޑުއްވަރީ ނޫރަންގޭ ޢަބްދުލްފައްތާޙް ޢަބްދުލްހާދީ އަށެވެ.

ކިޔުންތެރިންގެ ހިޔާލު